ދިވެހިރާއްޖެ
ށ.އަތޮޅުތަޢުލީމީ މަރުކަޒު
ށ. ކޮމަންޑޫ
ނަންބަރ: 26/GS09/2018
އިޢުލާން
ސްކޫލްގެ ސެކިއުރިޓީ އައުޓްސޯސް ކުރުމާއިބެހޭ
2019 ވަނައަހަރަށް މިމަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ނޮވެމްބަރ 2018 ވަނަ ދުވަހުގެ
މެންދުރުފަހު 13:00ށް މިމަރުކަޒަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ނޮވެމްބަރ 2018 ވަނަ ދުވަހުގެ މެންދުރުފަހު
13:00ށް އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށައެޅުމުގެ
ފުރުޞަތު ނުލިބޭނެވާހަކަ ދަންނަވަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު
(ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ
ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ.
30 ޞަފަރު 1440
08 ނޮވެމްބަރ 2018