މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ވާރކް ޝޮޕަށް ފަރިއްކޮޅު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

ިއިދާރާގެ ނަމްބަރ (IUL)232-AG/232/2018/16 ( 04 ނޮވެމްބަރ 2018 ) އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައި ނުވާތީ، އެއިޢުލާން ބާޠިލްކޮށް 2 ވަނަ ފަހަރަށް ފަރިއްކޮޅު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ފަރާތުން ބާއްވާ " މުއައްސަސާތަކުން ފޯރުކޮށްދޭ އިޖްތިމާޢީ އަދި އއިންސާނީ ޙައްޤުތައް ރައްޔިތުންނާއި ވީހާވެސް ގާތުން ފޯރުކޮށް ދިނުން "  މަސައްކަތު ބައްދަލްވުމާއި ގުޅިގެން ވަޑައިގަންނަވާ ފަރާތްތަކަށް ދުވާލަކަށް މީހަކަށް -/240 ރުފިޔާއަށްވުރެ ބޮޑުނޫން އަގެއްގައި ފަރިއްކޮޅު އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. މިގޮތުން ވާރކްޝޮޕްގެ ބައިވެރިންގެ ފަރިއްކޮޅު ތައްޔާރުކުރާ ފަރާތުގެ ކެއުމުގެ ފެންވަރާއި ސާފުތާހިރު ކަމަށް އިސްކަން ދީގެން މާރސް ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ނޮވެމްބަރ 22 ވާ ބުރާސްފަތި ދުވަހުގެ 13:15 އަށް   މިއިދާރާގެ ކޮންފެރެންސް ހޯލަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ނޮވެމްބަރ 25 ވާ އާދީއްތަ ދުވަހުގެ 13.15 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

19 ނޮވެންބަރު 2018
ހޯދާ