ދިވެހިރާއްޖެ
ކުޅުދުއްފުށީ އެއާރޕޯޓްގައި ފެންސް ޖެހުމަށްޓަކައި ފެހިކުރި ކިޔާ ގޯތީގެ އިރުމަތީ ހުރި ރުއްގަސް ނަގަން ބޭނުންވާތީ، އެސަރަހައްދުގައި ހުރި ރުއް ގަހުގައި މިއިދާރާއިން ވާނީ ރަތް ކުލަ ސްޕްރޭއިން ނަންބަރ ޖަހާފައެވެ.
މިދެންނެވުނު ސަރަހައްދުގައި ނަންބަރު ޖަހާފައިވާ ރުއް/ގަހުގެ ވެރިން އެކަން މިއިދާރާއަށް 10 ޑިސެމްބަރ 2018 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ތަފްޞީލް ހުށަހަޅުއްވާނީ އެކަމަށްޓަކައި މިއިދާރާއިން ތައްޔާރު ކޮށްފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށެވެ. އަދި މިދެންނެވުނު ސަރަހައްދުގައި ނަންބަރު ޖެހިފައިނުވާ ރުއް/ ގަސް ހުރިނަމަ އެކަންވެސް އެންގެވުން އެދެމެވެ. މިދެންނެވުނު މުއްދަތުގައި މަޢުލޫމާތު ހުށަހަޅުއްވާފައި ނުވާނަމަ ތަކެތީގެވެރިއަކު ނެތްކަމަށް ބަލައި އެތަކެތި ނައްތާލެވޭނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.