ދިވެހިރާއްޖެ
ނަންބަރު:MREIC/IU/2018/0027
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުން:
މިކުންފުނިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކުރާ ދާއިރާތަކުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ކޮންޓްރެކްޓަރ ރެޖިސްޓަރ ހެދުމަށް ބޭނުންވެއެވެ.
- ބިލްޑިންގ ފޮޅާ ސާފު ކޮށްދިނުން
- ކަސްޓަމްސް ކްލިއަރެންސް އަދި ލޮޖިސްޓިކަލް ސަރވިސް
މީގެ އިތުރުން އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެމްބަރު 11 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން، ތިރީގައިވާ މައުލޫމާތު hr@mreic.com.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އީމެއިލް ސަބްޖެކްޓް: ކޮންޓްރެކްޓަރ ރެޖިސްޓަރ
ޝައުގުވެރިވެލައްވާ ފަރާތް (ކުންފުނީގެ ނަން / ވިޔަފާރީގެ ނަން):
ކުންފުނި / ވިޔަފާރިން ކުރާ މަސައްކަތްތައް:
ކުންފުނި / ވިޔަފާރި ތަމްސީލް ކުރާފަރާތުގެ ނަން:
ގުޅޭނެ ނަމްބަރ:
މަޢުލޫމާތު ފުރިހަމަނުވާ އީމެއިލްތައް ބާޠިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 3001216 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
26 ރަބީޢަލްޢައްވަލް 1440