ދިވެހިރާއްޖެ
Ref: MTCC-TRD/IU2/018/0172
Date: 6th December 2018
އިޢުލާން
މިކުންފުނީގެ ތިލަފުށި ސައިޓް ގައިހުރި 9 ޑަމްޕް ޓްރަކް އަދި ޑަމްޕަރ ( ވެހިކަލެއްގެ ބަރުދަނުގައި ގާތްގަނޑަކަށް 9 ޓަނާއި 10 ޓަނުހުރި) ބާދަގަނޑުތަކެއް ޚާއްޞަ ނީލަމެއްގެ ގޮތުގައި ވިއްކާލަން ބޭނުންވެއެވެ. މިނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.
1- ނީލަން ކިއުން އޮންނާނީ 16 ޑިސެމްބަރ 2018 އާދިއްތަ ދުވަހު 14:00 ގައި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިޕާރޓްމަންޓްގެ ، ފުރަތަމަ ފަންގިފިލާ ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) ގައެވެ.
2- މިތަކެތި ބެހެއްޓިފައިވަނީ އެމްޓީސީސީ ތިލަފުށި ސައިޓްގައި އެވެ.
3- މިތަކެތި ބައްލަވަންބޭނުންވެ ލައްވާފަރާތްތަކަށް ރަސްމީދުވަސްތަކުގެ ހެދުނު 09:00 – 14:00 އަށް އެމް.ޓީ.ސީ.ސީ ތިލަފުށިސައިޓަށް ވަޑައިގެންނެވުމުން ބެލޭނެ އިމްތިޒާމް ހަމަޖެހޭނެެވެ.
4- ނީލަމުގައި ބައިވެރިވުމަށް އެދި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިޕާރޓްމަންޓް ގައި ރަޖިސްޓްރީ ކުރެވި އަދި ސެކިއުރިޓީ ޑިޕޮސިޓް 10,000/- ރ (ދިހަހާސް ރުފިޔާ) 16 ޑިސެމްބަރ 2018 13:30 ގެ ކުރިން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށެވެ.
5- ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަގަބަހުން ނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް އަގަބަހުން ނެވެ.
6- ނީލަން ފެށޭނީ ޓަނަކަށް -/500 ރުފިޔާގެ ރޭޓުންނެވެ.
7- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/200 (ދުއިސްތަ ރުފިޔާ) ރުފިޔާއަށް ވުރެ ކުޑަނޫން އަދަދެއްހުށަ އަޅައިގެންނެވެ.
8- ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނުފަރާތުން ފައިސާ ދައްކަންވާނެވެ.
9- ނީލަންނިމޭތާ 7 ދުވަހުގެ ތެރޭގައި ބާދަގަނޑުތަށް އެތަނުންގެންގޮސް ނިންމަންވާނެއެވެ،
10- ދަގަނޑު ދޫކުރެވޭނީ ރަސްމީދުވަސްތަކުގެ ހެނދުނު 09:00 ކުން ހަވީރު 14:00 އަށެވެ.
މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 3001174/3001476 ނަންބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
6 ޑިސެމްބަރު 2018
އިސްމާޢިލް އަދުހަމް
ޖެނަރަލް މެނޭޖަރ