ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މިސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  1.1-  ކުޑަދޮރާއި އެލްމެނިއަމް އިންހަދާ ހަރުކުރުން.

 

2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް، 2018 ޑިސެމްބަރު 19 އިން 2018 ޑިސެމްބަރު 25 އަށް ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށް ބީލަން ފޮތް ދޫކުރާނެއެވެ.

 

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޑިސެމްބަރު25 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ޑިސެމްބަރު 26 ވާ ބުދަ ދުވަހު މެންދުރުފަހު 14:00 ގައި މިސްކޫލުގެ އިދާރީ އޮފީހުގައެވެ.

 5. ބިޑް ހުޅުވުން އޮންނާނީ 2018 ޑިސެމްބަރު 31 ވާ ހޯމަ ދުވަހުގެ 14:00 ގައި މިސްކޫލުގެ އިދާރީ އޮފީހުގައެވެ.

 6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ބޮޑުމަގު، ލ. ގަން ،މަތިމަރަދޫ/  ދިވެހިރާއްޖެ.

ފޯން:  6800012

އީ-މެއިލް: admin@hamadschool.edu.mv

ކޮޕީ އީ-މެއިލް: ismail.rasheed@hamadschool.edu.mv

17 ޑިސެންބަރު 2018
ހޯދާ