ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)10-F/10/2018/112.
އިޢުލާން
މި މިނިސްޓްރީއަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުން ވެއްޖެއެވެ.
- 10 އެގްޒެކްޓިވް ޓޭބަލް
- 5 އެގްޒެކްޓިވް ގޮނޑި (ހައިބެކް)
- 7 އެގްޒެކްޓިވް ގޮނޑި (މީޑިއަމް ބެކް)
- 12 ބުކް ސެލްފް
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 ޑިސެންބަރު 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޑިސެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
12 ރަބީއުލްއާޚިރު 1438
19 ޑިސެންބަރު 2018