ދިވެހިރާއްޖެ
މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައިވާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު GS-95/2018/028 (23 ޑިސެންބަރު 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލްކޮށް އަލުން މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައިވާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.
-
ސްޓޫޑަންޓްސް ނޯޓިސްބޯޑް މަރާމާތު ކުރުން
-
ސްޓާރފް ޓޮއިލެޓް ދޮރާއި ދޮރުފަތް އަދި ތަށި ބަދަލުކުރުން
-
ހޯލް އިމާރާތު ކުލާސްތަކު ދޮރުމަތީ ލައިޓް ހަރުކުރުން
-
ކުޅޭ ބިމުގައި ފެންހޮޅި ވަޅުލުން
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
2018 ޑިސެންބަރު 30 ވާ އާދިއްތަ ދުވަހު 11:00 އަށް |
2019 ޖަނަވަރީ 03 ވާ ބުރާސްފަތި ދުވަހު 11:00 އަށް |
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މި ސްކޫލްގެ ނަންބަރު 6520532 ފޯނަށް ގުޅުއްވުން އެދެމެވެ.