ދިވެހިރާއްޖެ
މާސްޓަރސް ޕްރޮގްރާމް އިން އިކޮނޮމިކް އެންޑް ޕަބްލިކް ޕޮލިސީ (ޕީ.އީ.ޕީ.ޕީ) |
ޖަޕާންގައި ހުންނަ ޔުނިވަރސިޓީ އޮފް ސުކުބާ އިން ހިންގަވާ މާސްޓަރސް ޕްރޮގްރާމް އިން އިކޮނޮމިކް އެންޑް ޕަބްލިކް ޕޮލިސީ (ޕީ.އީ.ޕީ.ޕީ) ޕްރޮގްރާމުގައި އަމިއްލަގޮތުން ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި ދަންނަވަމެވެ. މި ކޯހާގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.dhe.gov.mv އަށް އަޕްލޯޑްކުރެވިފައި ވާނެއެވެ.
އަދި މިސްކޮލަރޝިޕަށް އަމިއްލަ ގޮތުން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.
https://pepp.hass.tsukuba.ac.jp/wp/news/403
* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ ޔުނިވަރސިޓީއަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.
|