ދިވެހިރާއްޖެ
ސުރުޙީގައި ދަންނަވާފައިވާ ރައްޔިތުންގެ ތެޔޮ ފިހާރަ ބިން ހިމެނޭ ގޮތަށް އިމާރާތް 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، ތެޔޮ ފިހާރަ ބިން ހިމެނޭގޮތަށް އިމާރާތް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތެޔޮ ފިހާރާ ހިމެނޭ ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމުގެ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި މިނިސްޓްރީއޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފްކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް އަދި އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނިން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރު ވެވެން ނެތިގެން ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސާވާނަމަ އެފަރާތެއް ހަމަޖެއްސެވިކަމުގެ ރަސްމީ ލިޔުމެއް ގަޑިޖެހުމުގެ ކުރިން މި އިދާރާއަށް ހުށައަޅަންވާނެއެވެ. އަދި މަޢުލޫމާތު ސާފް ކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ކޮންމެ މީހަކަށްވެސް ތަމްސީލް ކުރެވޭނީ އެއްވިޔާފީގެ ނަމުގައެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ގެންނަވަންވާނެއެވެ. އެސްޓިމޭޓް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އެސްޓިމޭޓް ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާފަރާތުގެ ނަންއޮންނަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ރަބީޢުލްޢާޚިރާ 1440
27 ޑިސެމްބަރ 2018