ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނަންބަރު : WAMCO-LOG/IUL/2018/039
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ރ.ވަންދޫގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރުތައް ކުރުމަށް ބޭނުންވާ ފެރީ ދޯންޏެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ރ.ވަންދޫގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރުތައް ކުރުމަށް ފެރީ ދޯންޏެއް ކުއްޔަށް ހިފުމަށް ކުރެވުނު އިއުލާނު ނަމްބަރު WAMCO-LOG/IUL/2018/036 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ އިއުލާން ބާތިލުކޮށް، އަލުން އިއުލާން ކުރަމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ރ.ވަންދޫގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރުތައް ކުރުމަށް ތިރީގައި މިދަންނަވާ އުޅަނދު ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
1- 01 ފެރީ ދޯނި
ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މައުލޫމާތު ކަރުދާހާއި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
|
ދުވަސް |
ގަޑި |
ތަން |
ބީލަން ހުށަހެޅުން |
08 ޖަނަވަރީ 2019 (އަންގާރަ) |
13:00 (މެންދުރު) |
މާލޭ އިންޑަސްޓްރިއަލް ވިލްޖުގައި ހުންނަ ވެމްކޯގެ އޮފީސް |
2019 ޖަނަވަރީ 08 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ޕޯސްޓަލްކޯޑް:20161
ފޯން ނަންބަރު: 3025804، ފެކްސް ނަންބަރު: 3000584
24 ރަބީއުލް އާޙިރު 1440
31 ޑިސެމްބަރ 2018