ދިވެހިރާއްޖެ
ކައުންސިލް ބެލުމުގެ ދަށުގައިހުރި ރުއްގަނޑުތައް 3 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމާއި ގުޅޭ.
މިކައުންސިލްގެ ބެލުމުގައި ހުރި ރުއްގަނޑު ތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ރުއްގަނޑުތައް 3 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
1) ބޭސްފިހާރަ ގޯތީހުރި ރުއްގަނޑު
2) އިޖުތިމާޢީ ސަރަހައްދު ގޯތީގައި ހުރި ރުއްގަނޑު
3) ކުޅިވަރު ސަރަހައްދުގައި ހުރި ރުއްގަނޑު
4) ބަނދަރު ސަރަހައްދުގައި ހުރި ރުއްގަނޑު
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޖެނުއަރީ 2019 ވަނަދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން، ކުއްޔަށް ހިފަންބޭނުންވާ ރުއްގަނޑާއި އަގު އެގޭނޭ ގޮތަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާއި ގުޅިގެން މަޢުލޫމާތު ސާފުކޮށްދިނުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 ގައި މިކައުންސިލްގައި އޮންނާނެއެވެ. ހުށަހަޅާ ސިޓީތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި މަތީގައި ދެންނެވިފައިވާ ތާރީޚާއި ގަޑީގައެވެ.
ވީމާ، މިކަން އާމުކޮށް އަންގާ އިޢުލާން ކުރީމެވެ.