ދިވެހިރާއްޖެ
އިޢުލާން
މާލެ ސަރަހައްދުން ދެ ކޮޓަރީގެ ދެ އެޕާރޓްމަންޓް ކުއްޔައް ހިފުމާއި ބެހޭ
މި ޔުނިވަރސިޓީގެ އިޢުލާން ނަންބަރު: 170HRI/2018/106 ސ 31 ޑިސެންބަރ 2018) އަށް މައުލޫމާތު ސާފުކުރުމަށް އެކަށީގެންވާވަރަށް ބޭފުޅުން ހާޒިރު ވެފައިނުވާތީވެ، އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަށް 2 ކޮޓަރީގެ 2 އެޕާރޓްމަންޓް ކުއްޔައް ދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 20 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022115 3022120 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.