ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: IUL-10-F/10/2019/01
އިޢުލާން
މިމިނިސްޓްރީއަށް 5 ކޮމްޕިއުޓަރ ސިސްޓަމް،7 ޕްރިންޓަރ، 18 ޑެސްކްޓޮޕް ރެމް ހޯދުމަށް ކުރި މި މިނިސްޓްރީގެ ނަމްބަރ IUL-10-F/10/2018/113 (19 ޑިސެންބަރު 2018) އިޢުލާނާއި ގުޅިގެން އަންދާޒީ ހިސާބު ހުށަހެޅުމަށް ވަޑައިގެންނެވި ފަރާތްތަކުން ދެވިފައިވާ މައުލޫމާތާއި އެއްގޮތަށް ހުށަހަޅުއްވާފައި ނުވާތީ އަލުން އެ އިޢުލާން ބާތިލްކޮށް އަލުން އެ ތަކެތި ހޯދުމަށް އިޢުލާން ކުރަމެވެ.
- 5 ކޮމްޕިއުޓަރ ސިސްޓަމް
- 7 ޕްރިންޓަރ
- 18 ޑެސްކްޓޮޕް ރެމް
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 16 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
04 ޖުމާދަލްއޫލާ 1440
10 ޖަނަވަރީ 2019