ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: IUL 10-F/10/2019/04
އިޢުލާން
މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި 07 ފެބުރުވަރީ 2019 ވާ (ބުރާސްފަތި) ދުވަހުގެ ރޭ ހުޅުމާލޭ (ހުރަވީ ސްކޫލް) ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް 800 ބޭފުޅުންނަށް ސައިފޮދެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޖަނަވަރީ 2018 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
07 ޖުމާދަލްޢޫލާ 1440
13ޖަނަވަރީ 2019