ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2019/02)
އިޢުލާން
މިކައުންސިލުން ހިންގަމުންދާ އުނގޫފާރު ރައްޔިތުންގެ އިންޖީންގޭގައި ޓްރާންސް ފޯމަރ ބެހެއްޓުމަށްޓަކާ 580 މީޓަރ ކޭބަލް ގެނެސް ދޭނެ ފާރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކައުންސިލުން ހިންގަމުންދާ ރައްޔިތުންގެ އިންޖީންގެ ޓްރާންސް ފޯމަރ ބެހެއްޓުމަށްޓަކާ
50sqmm 3c,cu/XLPE/PVC/PVC/SWA/PVC,(RED, Yellow, blue) 11kv cable-580 meter
ކޭބަލް ގެނެސް ދިނުމަށް ސައުގުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 11:30ގައި މިއިދާރާގައެވެ. ކޭބަލް ގެނެސް ދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 ޖަނަވަރީ 2019 ބުދަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. ކޭބަލް ގެނެސްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލުން ހިންގާ ރައްޔިތުންގެ އިންޖީން ގެއަށް ބޭނުންވާ ކޭބަލް ގެނެސް ދިނުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި ، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރު ގައި އޮންނަން ވާނެއެވެ. އިތުރު މަޢުލޫމާތު ސާފްކުރުމަށް ރަސްމީގަޑީގައި އިންޖީންގޭގެ މެނޭޖަރ އަޙްމަދު އަބްދުއްސަކޫރުގެ ފޯން ނަމްބަރ:9998591 ގުޅުއްވުން އެދެމެވެ.
ތިރީގައި އެވަނީ ރައްޔިތުންގެ އިންޖީންގެއަށް ކޭބަލް ގެނެސްދިނުމަށް ސައުގުވެރިވެލައްވާ ފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.
ހުށަހަޅާ އަގަށް ( އަށްޑިހަ މާކުސް )
މުއްދަތައް: ( ފަނަރަ މާކުސް )
މާލީތަނަވަސްކަމަށް: ( ފަސް މާކުސް )
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
08 ޖުމާދަލް އޫލާ 1440
14 ޖަނަވަރީ 2019