ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2019/05)
އިޢުލާން
މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ރައްޔިތުންގެ ވިފާރީގެ ތެޔޮޝެޑް އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިކައުންސިލުން ތަރައްޤީކުރުމަށް ނިންމާފައިވާ ރައްޔިތުންގެ ވިޔަފާރީގެ ތެޔޮޝެޑް މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތާއި ގުޅޭ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވަނީ 21 ޖެނުއަރީ 2019 ވާ ހޯމަ ދުވަހުގެ 10:30ގައި މިއިދާރާގައެވެ.
ތެޔޮޝެޑް އިމާރާތްކޮށް ނިންމާ ދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 28 ޖެނުއަރީ 2019 ވާ ހޯމަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ.
ތެޔޮޝެޑް އިމާރާތްކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ.
އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި "އުނގޫފާރު ކައުންސިލަށް ތަރައްޤީކުރުމަށް ނިންމާފައިވާ ތެޔޮޝެޑް އިމާރާތް ކޮށްދިމުމަށް އެދި" މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަފްލާހުގެ ނަމްބަރ 9553552 ގުޅުއްވުން އެދެމެވެ.
ތިރީގައި އެވަނީ ތެޔޮޝެޑްގެ މަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.
- ތެޔޮޝެޑް ހެދުމަށް ހުށަހަޅާ ޕްރަޕޯސަލް
- މަސައްކަތު އަގު ( ހަތްދިހަ މާކުސް )
- މުއްދަތު ( ފަނަރަ މާކުސް )
- ތަޖުރިބާ ( ފަސް މާކުސް )
- މާލީ ތަނަވަސްކަން ( ދިހަ މާކުސް )
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
10 ޖުމާދަލްޢޫލާ 1440
16 ޖެނުއަރީ 2019