ދިވެހިރާއްޖެ
ށ.އަތޮޅުތަޢުލީމީ މަރުކަޒު
ށ. ކޮމަންޑޫ
ނަންބަރ: 07/GS09/2019
އިޢުލާން
ޕްރިންސިޕަލް ހުންނަވާގެ މަރާމާތުކުރުމާއިބެހޭ
މިމަރުކަޒުގެ އިޢުލާން ނަންބަރ 06 ޖެނުއަރީ 2019 ( GS09/2019/01) ގެ އިޢުލާން ބާތިލްކުރުމަށް ފަހު އަލުން އިޢުލާން ކުރަމެވެ.
މިމަރުކަޒުގެ ޕްރިންސިޕަލް ހުންނަވާ ގޭގެ ބައެއްފާޚާނާތަކާއި ، ސީލިންގ އާއި، ބައެއް ކުޑަދޮރުތަކާއި ބޮޑުދޮރުތައް މަރާމާތުކުރުމަށް ބޭނުންވެއެވެ. މިމަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދިނުމަށް
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖެނުއަރީ 2019 ވަނަ ދުވަހުގެ މެންދުރުފަހު 1:00ށް މިމަރުކަޒަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޖެނުއަރީ 2019 ވަނަ ދުވަހުގެ
މެންދުރުފަހު 1:00ށް އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށައެޅުމުގެ ފުރުޞަތު ނުލިބޭނެވާހަކަ ދަންނަވަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު
(ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށައަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން ޙާޟިރުވާނަމަ އަންދާސީހިސާބު ހުށައަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ދުރުވެދެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ.
14 ޖުމާދަލްޢޫލާ 1440
20 ޖެނުއަރީ 2019