ދިވެހިރާއްޖެ
އިޢުލާން
ނަންބަރ:GS-202/IUL/2019/09
ގެމަނަފުށީ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ވިޔަފާރީގެ އުޞޫލުން މި ސްކޫލްގެ ސެކިއުރިޓީ، 2019 ވަނަ އަހަރު، ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާންނަންބަރ GS-202/IUL/2018/22 ގެ އިޢުލާން ބާޠިލްކޮށް ފަހުގެ އުސޫލާ އެއްގޮތަށް އަލުން އިޢުލާން ކުރުމަށް އަންގާފައިވާތީ 2 ވަނަ ފަހަރަށް ގެމަނަފުށީސްކޫލްގެ ގެ ސެކިއުރިޓީ 2019 ވަނަ އަހަރު ބެލެހެއްޓުމަށް ޝަރުޠުހަމަވާ ފަރާތްތަކުން ބީލަންހުށަހެޅުއްވުމުގެ ފުރުސަތު އަލުންހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
03 ފެބުރުއަރީ 2019 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 އަށް |
12 ފެބުރުއަރީ 2019 ވާ އަންގާރަ ދުވަހު ހެނދުނު 11:00 އަށް |
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށާއި އިކޮނޮމިކް މިނިސްޓްރިގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމަށް ބާއްވާބައްދަލުވުމަށް، އެހެންމީހަކު ފޮނުވާނަމަ އެކަންއެގޭނެގޮތަށް ސިޓީއެއް ފޮނުއްވަންވާނެއެވެ.
- ބިޑް އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނީ ތިރީގައިވާ މިންގަނޑުތަކަށެވެ.
- މަސައްކަތުގެ އަގަށް 70 ޕޮއިންޓް
- ތަޖުރިބާ އަށް 18 ޕޮއިންޓް
- ތަމްރީނުލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުންކުރުމަށް 12 ޕޮއިންޓް (6 މީހުންނާ ހަމައަށް މީހަކަށް 2 ޕޮއިންޓް)
23 ޖެނުއަރީ 2019