ދިވެހިރާއްޖެ
މި ރަށު މަޤާމްފުޅުގެ ފާރުން ވެއްޓިފައިވާބައި މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެގެންކުރި މި އިދާރާގެ ނަމްބަރ (IUL)315-SM/315/2019/03 (13 ޖެނުއަރީ 2019) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ފެބްރުއަރީ 2019 ވާ އަންގާރަ 13:00 އަށް ކައުންސިލްގެ އިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި ގަޑި ޖެހިގެން ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އަދި ބިޑް ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއި، ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، ބަދަލުގައި ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުވެސް ގެންނަންވާނެއެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި 6600004 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.