ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަޢުލަތުގެ ބެލުމުގެ ދަށުގައިވާ އުމުރުން ދޮށީ ކުދިންނަށްވެސް އާއިލާއެއްގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ހޯދާދިނުމުގެ ގޮތުން،

މައިންބަފައިން އިހުމާލުވުމުގެ ސަބަބުންނާއި، ޢާއިލާގެ ތެރޭގައި ކުދިން ރައްކާތެރިކަމާއިއެކު ބަލާނެ ފަރާތެއް ނެތުމުގެ ސަބަބުން ދަޢުލަތުގެ ބެލުމުގެދަށަށް ނެގިފައިވާ 18 އަހަރުންދަށުގެ ކުދިންނަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެދަށުން ހިންގަމުންދާ ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައިދަނީ ރައްކާތެރިކަން ފޯރުކޮށްދެވެމުންނެވެ. ކުޑަކުއްޖަކު ހެދިބޮޑުވުމުގެ މަރުހަލާގައި ކުއްޖާއަށް އާއިލާއެއްގެ ފަރާތުން ލިބިދެވޭ ލޯތްބާއި، އަޅާލުމާއި ރައްކާތެރިކަމާއެކު ބޮޑުވުމުގެ ފުރުޞަތު މިކުދިންނަށްވެސް ފަހިކޮށްދިނުމުގެ ގޮތުން ދަޢުލަތުގެ ބެލުމުގެދަށުގައިވާ ކުދިން ދަރުމަޔަށް ބެލެހެއްޓުމަށް ޙަވާލުކުރުމުގެ އުސޫލެއް 2015 ވަނަ އަހަރުގެ ތެރޭގައި ގެޒެޓްކޮށް، އެމިނިސްޓްރީއިންދަނީ އަމަލުކުރަމުންނެވެ. އެހެންނަމަވެސް، މިއުސޫލަށް އަމަލުކުރެވެން ފެށުނުތާ މިހާރު 4 އަހަރު ފުރިފައިވާއިރު، ފާހަގަކޮށްލެވޭކަމަކީ މިއުސޫލްގެ ދަށުން ކުއްޖަކު ދަރުމަޔަށް ބެލެހެއްޓުމަށް ނުވަތަ ފޮސްޓަރކުރުމަށް އެދޭ ފަރާތްތަކުން ބޭނުންވަނީ ވީހާވެސް ތުއްތު ކުއްޖެއްގެ ބެލެނިވެރިކަމާއި ހަވާލުވާންކަމެވެ. އެހެންކަމުން، ދަޢުލަތުގެ ބެލުމުގެ ދަށުގައިވާ އުމުރުން ދޮށީ ކުދިންނަށްވެސް އާއިލާއެއްގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ހޯދާދިނުމުގެ ގޮތުން، މިފަދަ އާއިލާތައް ހޯދުމަށް ބޭނުންވާތީ، މިރަށުގައި މިފަދަކަންކަމަށް ގާބިލް ނުވަތަ ޝައުގުވެރިކަންހުރި ފަރާތެއް ފާހަގަކުރެވޭކަމުގައިވާނަމަ މިމަޢުލޫމާތު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ހިއްސާކޮށްދެއްވުމަށް އެމިނިސްޓްރީއިން އެދިލައްވާފައިވާތީ މިކަން އާއްމުކޮށް ޢިއުލާނުކުރީމެވެ.       

ވީމާ، މިކަންކަމަށް ގާބިލް ނުވަތަ ޝައުގުރެވިކަންހުރި ފަރާތަކުން 2019 ފެބުރުއަރީ 12 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ވަޑައިގެން ނަން ނޯޓުކުރެއްވުން އެދެމެވެ.

 

                             އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

                           25 ޖުމާދުލްއޫލާ 1440

                             31 ޖަނަވަރީ 2019

31 ޖަނަވަރީ 2019
ހޯދާ