މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޢިމާރާތެއް ކުއްޔަށް ހިފުން
ިކުންފުނީގެ ބޭނުމަކަށް 500 އަކަފޫޓަށްވުރެ ކުޑަނޫން ތަނެއް އޮފީސް ޢިމާރާތަކަށް (ގްރައުންޑް ފްލޯރއިން)އިން ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާފަރާތްތަކުން 11 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 14:00އަށް މިކުންފުނީގެ 05 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 11 ފެބްރުއަރީ 2019 ވަނަ ދުވަހުގެ 14:00ގެ ފަހުން އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.
ޢިމާރާތް ހޯދަން ބޭނުންވާ ރަށް:
- މާލެ (މާފަންނު މެދުތެރެއިން ބޮޑުމަގަކުން)
ހުށަހަޅުއްވާ ޕްރޮޕޯސަލްގައި ތިރީގައިވާ ކަންކަން ހިމެނުން
- ތަނުގެ ބޮޑުމިން
- ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ
- ޢިމާރާތް ހުރި ސަރަހައްދު
- ޢިމާރާތުގެ ކުލި
- ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު
- ޢިމާރާތުގެ ކަރަންޓާއި ފެންވަކިކޮށްފައި ހުރުން
- · ޢިމާރާތުގެ ސަލާމަތީ ފެންވަރު
- · ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ
- · ޢިމާރާތް ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތާ ޢިމާރާތާ ހުރި ގުޅުން
- · ޢިމާރާތާގެ އެތެރެއާއި ބޭރުގެ ފޮޓޯ އަދި ޢިމާރާތުގެ މިންތައް އެގޭ ކުރެހުމެއް ހުށަހެޅުން
- · ކުއްޔަށް ދޭ ފަރާތުގެ އައިޑީ ކޮޕީ
ހުށަހެޅޭ ޕްރޮޕޯރސަލްއަށް ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.
- އަގު: %50
- ކުއްޔަށްދޭ މުއްދަތު:%20
- ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30
03 ފެބުރުވަރީ 2019
ހޯދާ