ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: IUL-10-F/10/2019/18
އިޢުލާން
މިމިނިސްޓްރީގައި ބޭނުން ކުރަމުން ގެންދާ ކޮމްޕިއުޓަރ ސިސްޓަމްތަކަށާއި،ސާވާރގައި ބޭނުން ކުރަމުންދާ އެންޓިވައިރަސް ސޮފްޓްވެއަރ ލައިސަންސް ވިއްކާ 1 އަހަރު ދުވަހުގެ މުއްދަތަށް އެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި ޚިދުމަތް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ފެބުރުވަރީ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ފެބުރުވަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.