ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓައުންހޯލް ބައްދަލުވުން ބޭއްވުމާއި ބެހޭ

ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައި 02 ޖަނަވަރީ 2019 ގައި ޢާއްމުކުރައްވާފައިވާ، "ރައްޔިތުންގެ އެދުމަށް ޓައުންހޯލް ބައްދަލުވުން ބާއްވާނެ ގޮތުގެ އުޞޫލު" ގައިވާ ގޮތުން، ސިޓީއެއް ނުވަތަ ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 100 މީހުން ނުވަތަ އެތަނެއްގައި ޢާއްމުކޮށް ދިރިއުޅޭ އާބާދީގެ 20 އިންސައްތަ ރައްޔިތުން، ކައުންސިލްގެ އިޚްތިޞާސް ހިމެނޭ ކަމަކާއި ނުވަތަ ކަންތައްތަކަކާއި ގުޅިގެން ކައުންސިލާއި މަޝްވަރާކޮށް ޚިޔާލުފާޅުކުރުމަށް ޢާއްމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބޭއްވުމަށް އެދެފިނަމަ އެކަންކަމާއި މަޝްވަރާކުރުމަށް ޓައުންހޯލް ބައްދަލުވުމެއް، ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވަން ޖެހެއެވެ.

 

ވީމާ، ކައުންސިލްގެ އިޚްތިޞާސް ހިމެނޭ ކަމަކާއި ނުވަތަ ކަންތައްތަކަކާއި ގުޅިގެން ކައުންސިލާއި މަޝްވަރާކޮށް ޚިޔާލުފާޅުކުރުމަށް ޓައުންހޯލް ބައްދަލުވުން ބޭއްވުމަށް ބޭނުންފުޅުވާ ބޭފުޅުން، "ރައްޔިތުންގެ އެދުމަށް ޓައުންހޯލް ބައްދަލުވުން ބާއްވާނެ ގޮތުގެ އުޞޫލު" ގައިވާގޮތުގެމަތިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި "ރައްޔިތުންގެ އެދުމަށް ޓައުންހޯލް ބައްދަލުވުން ބާއްވާނެ ގޮތުގެ އުޞޫލު" މި އިޢުލާނާއެކު ޢާއްމުކުރަމެވެ.  

 

12 ފެބުރުވަރީ 2019
ހޯދާ