ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: IUL) 10-F/10/2019/19
އިޢުލާން
މި މިނިސްޓްރީއަށް ބޭނުންވާ ފަރުނީޗަރ ހޯދުމަށް ކުރި މި މިނިސްޓްރީގެ ނަމްބަރ (IUL)10-F/10/2019/09 (22 ޖަނަވަރީ 2019) އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅުމަށް އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާތިލްކޮށް އެ ތަކެތި ހޯދުމަށް ތިން ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
- 10 އެގްޒެކްޓިވް ޓޭބަލް
- 5 އެގްޒެކްޓިވް ގޮނޑި (ހައިބެކް)
- 7 އެގްޒެކްޓިވް ގޮނޑި (މީޑިއަމް ބެކް)
- 12 ބުކް ސެލްފް
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 ފެބުރުވަރީ 2019 ހޯމަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ފެބުރުވަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.