ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: IUL)10-F/10/2019/22
އިޢުލާން
މިއަހަރުގެ ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ދުވަހުގެ ރަސްމީ ޖަލްސާ 06 މާރިޗު 2019 ވާ (ބުދަ) ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ބޭނުންވާ ސްޓޭޖާއި،ލައިޓް އަދި ބެކް ޑްރޮޕާއި ލެޑް ސްކްރީން ބަހައްޓައި، ތަން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ފެބުރުވަރީ 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.