ގެމަނަފުށީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުމަށް

`

 

ގެމަނަފުށީ ސްކޫލް

 

     ގއ. ގެމަނަފުށި

   ދިވެހިރާއްޖެ.

                                         އިޢުލާން ނަންބަރ: GS202/IUL/2019/13    

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ގެމަނަފުށީ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރި އިއުލާން ނަންބަރ GS-202/IUL/2019/09 އިޢުލާނާ ގުޅިގެން ބީލަމުގައި ބައިވެރިވާން އެދި އެއްވެސް ފަރާތަކުން ބިޑް ހުށާފައި ނުވާތީ، ދެވަނަ ފަހަރަށް މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ފެބުރުއަރީ 13 އިން 2019 ފެބުރުއަރީ 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ފެބުރުއަރީ 24 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ފެބުރުއަރީ 25 ވާ ހޯމަ ދުވަހުގެ 11:00 ގައި ގެމަނަފުށީ ސްކޫލްގެ އޮފީހުގައި އޮންނާނެ އެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 2019 މާރޗް 07 ބުރާސްފަތި ދުވަހުގެ 11:00 ގައި ގެމަނަފުށީ ސްކޫލްގެ އޮފީހުގައެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މަޢުލޫމާތު ދިނުމުގެ ބައްދަލް ވުމުގައި ދެވޭނެއެވެ.

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގެމަނަފުށީ ސްކޫލް

ގއ. ގެމަނަފުށީ

އަމީނީ މަގު، ގއ. ގެމަނަފުށީ، ދިވެހިރާއްޖެ.

ފޯން:  7983077 ، 6820039

އީ-މެއިލް:    admin@gemanafushischool.edu.mv

ކޮޕީ އީ-މެއިލް:

 

08 ޖިމާދުލް އާޚިރު1440

13 ފެބުރުއަރީ   2019

13 ފެބުރުވަރީ 2019
ހޯދާ