ދިވެހިރާއްޖެ
ކްލާސްރޫމުތަކުގެ ކުޑަދޮރުތަކާއި ބޮޑުހޯލުގެ ޕާޓިޝަތަކާއި ސްޓޭޖު މަރާމާތުކޮށްދޭނެ ފަރާތެއްހޯދުން:
މި މަރުކަޒުގައިކުރަންޖެހޭ ބައެއް މަރާމާތުތަކާއި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއްހޯދުމަށް ކުރެވުނު ނަންބަރު:(IUL)GS40/2019/02 (14 ޖެނުއަރީ 2019) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށައަޅާފައިނުވާތީ، އެ އިޢުލާނު ބާތިލުކުރުމަށްފަހު މަސައްކަތްތަކަށް ބަދަލުތައްގެނެސް ގެނެވުނު ބަދަލުތަކާއެއްގޮތަށް މަސައްކަތްކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމަތު ސާފުކުރެއްވުމަށްފަހު މި މަރުކަޒަށް ބިޑް ހުށަހެޅުން އެދެމެވެ. މަސައްކަތުގެ މަޢުލޫމާތު ދިނުމާއި ބިޑް ބަލައިގަތުން އޮންނާނީ މި މަރުކަޒުގައެވެ.
މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ނަންބަރު: 6660020 ފޯނާއި ގުޅުމަށް ދަންނަވަމެވެ.
# |
ތަފުސީލު |
ތާރީޚު |
ގަޑި |
1 |
މަޢުލޫމާތު ސާފުކުރުން |
25 ފެބުރުއަރީ 2019 (ހޯމަ) |
ހެނދުނު 11:00 |
2 |
އަންދާސީ ހިސާބު ހުށަހެޅުން |
28 ފެބުރުއަރީ 2019 (ބުރާސްފަތި) |
ހެނދުނު 11:00 |
17 ފެބުރުއަރީ 2019