ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް އެކްޓިވިޓީ ޔުނީފޯމް ހޯދުމާއި ގުޅޭ

މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ސްކޫލުން ދޭ ނަމޫނާއާއި އެއްގޮތަށް ކުރިޔަށްއޮތް 3 އަހަރަށް ތައްޔާރުކޮށްދީ، ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 02 ވަނަ ފަހަރަށް ކުރި އިޢުލާނާއި ގުޅިގެން 3 ފަރާތަކުން ބިޑް ހުށައަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.  

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

2019 ފެބުރުވަރީ 27 ވާ ބުދަ ދުވަހު 10:00 އަށް

2019 މާރިޗު 05 ވާ އަންގާރަ ދުވަހު 10:30 އަށް

 

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މި ސްކޫލްގެ ނަންބަރު 6520532 ފޯނަށް ގުޅުއްވުން އެދެމެވެ.

24 ފެބުރުވަރީ 2019
ހޯދާ