ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަންބަރ: IUL 10-M/10/2019/29
އިޢުލާން
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން މީޑިއާ ކައުންސިލަށް މީޑިއާގެ މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި، ވޯޓުލުމަށް ރަޖިސްޓްރީކުރުން 2019 ފެބްރުއަރީ 25 ،26 ،27 މިދުވަސްތަކުގެ ހެނދުނު 9:00 ން ފެށިގެން މެންދުރު 12:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާފޯމް މިމިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv ގެ ޑައުންލޯޑް ކުރެވޭނެއެވެ.
ރަޖިސްޓްރީކުރުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ތަމްސީލުކުރާ މީޑިއާ އެނގޭނެގޮތުގެ ލިޔުމެއް ގެންނަންވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.