ދިވެހިރާއްޖެ
މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.
- ޑިސްޓްރިބިއުޝަން ފޮށީގެ އެތެރެބައިތަކެއް (ހަލާކުވެފައި)
- ޓްރާންސްފޯމަރުގެ ހައުސިންގބައިތަކެއް (ހަލާކުވެފައި)
- ކޭބަލްބުރިތަކެއް (ހަލާކުވެފައި)
މި ތަކެތީގެ ނީލަން ފެށޭ އަގަކީ 200,000.00 (ދެލައްކަ) ރުފިޔާއެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 5,000.00 (ފަސްހާސް) ރުފިޔާއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައި ގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2019 ފެބުރުވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 11:00 އާއި 12:00 އާ ދެމެދު އެތަކެތި ބައްލަވާ، މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ނީލަން ފެށޭ އަގުގެ %25 އަށް ވާ 50,000.00 (ފަންސާސް ހާސް) ރުފިޔާ، ޑިޕޮޒިޓް ދެއްކުމަށް ފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑްގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 2019 ފެބުރުވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެވަޑައި ގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިއުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރި ނުވެވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. ކޭބަލް ބުރިތައް ދޫކުރެވޭނީ ނީލަން ކިއުނު އެހެން ތަކެތި ގެންދިއުމަށް ފަހުގައެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށްފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ. މި ތަކެތި ބައްލަވައިލައްވަން ބޭނުންވެވަޑައި ގަންނަވާ ފަރާތްތަކުން ނަންބަރު 7793503 ފޯނާ ގުޅުވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވި ފަރާތްތަކަށް ޑިޕޮޒިޓް ފައިސާ ލިބޭނީ ބަންދު ދުވަސްތައް ނުހިމަނައި 5 ދުވަހުގެ ތެރޭގައި ކަމުގައިވެސް ދެންނެވީމެވެ.