ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ. ނަމްބަރ: IUL10-F/10/2019/41
އިޢުލާން
މި މިނިސްޓްރީގެ ދަށުން ކުލުނުވެހި (ޝީ ބިލްޑިންގ 07 ވަނަ ފަންގިފިލާ) ގައި ހިންގަމުން ގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އެއަރކޯންތައް 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރ: (IUL)10-F/10/2019/26(20 ފެބުރުވަރީ 2019) އިޢުލާނާއި ގުޅިގެން ބިޑް ސަމްބިޑަށް ވަޑައި ގެންނެވީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާތިލްކޮށް އަލުން ދެވަނަ ފަހަރަށް އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 މާރިޗު 2019 ހޯމަ ދުވަހުގެ 13:30ށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.