ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ. ނަމްބަރ: IUL 10-F/10/2019/42
އިޢުލާން
މި މިނިސްޓްރީގެ ދަށުން ކުލުނުވެހި (ޝީ ބިލްޑިންގ 07 ވަނަ ފަންގިފިލާ) ގައި ހިންގަމުން ގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އެތެރޭގެ މަރާމާތުގެ މަސައްކަތްތަކެއް ކުރަން ބޭނުންވާތީ އެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 11:30 ށް ކުލުނުވެހި (ޝީ ބިލްޑިންގ 07 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 މާރިޗު 2019 ހޯމަ ދުވަހުގެ 11:30ށް (ޝީ ބިލްޑިންގ 07 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.