ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ބިލެތްދޫ މަސްޖިދުއްދާރުއްސަލާމި މިސްކިތު ބައެއްމަރާމާތުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއްހޯދުމަށް

އިޢުލާން

 

ފ. ބިލެތްދޫ މަސްޖިދުއްދާރުއްސަލާމި މިސްކިތުގެ މިމްބަރ ކާޕެޓް ބަދަލުކުރުމާއި،ފާޚާނާގެ ފްލެޝްޓޭންކް ބަދަލުކުރުމާއި، މިސްކިތުގެ ދެކުނުފަރާތުން ނެއްޓިފައިވާ މުށިތައް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 މާރޗް 11 ވާ ހޯމަ ދުވަހުގެ މެންދުރު 11.45 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2019 މާރޗް 13 ވާ ބުދަ  ދުވަހުގެ މެންދުރު 11.45 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ފ. ބިލެތްދޫ މަސްޖިދުއްދާރުއްސަލާމި މިސްކިތުގެ މިމްބަރ ގެ ކާޕެޓް ބަދަލުކުރުމާއި، ފާޚާނާގެ ފްލެޝްޓޭންކް ބަދަލުކުރުމާއި، މިސްކިތުގެ ދެކުނުފަރާތުން ނެއްޓިފައިވާ މުށިތައް ބަދަލުކުރުމުގެ މަސައްކަތަށްއެދި " މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

                      03 މާރޗް   2019

03 މާރިޗު 2019
ހޯދާ