ދިވެހިރާއްޖެ
ނަންބަރ: MTCC-PD/IU/2019/0033
އިޢުލާން
އެމްޓީސީސީ ގެ ފެންނާ ގިމަތަ އިމާރާތުގެ ގޯތިތެރޭގައި ޓަކްޝޮޕެއް އިމާރާތްކޮށް ހިންގާނެ ފަރާތެއް ހޯދުން:
އެމްޓީސީސީ ގެ ފެންނާ ގިމަތަ (އެމްޓީސީސީ ހުޅުމާލެ-މާލެ ޓާމިނަލް) އިމާރާތުގެ ގޯތިތެރޭގައި ޓަކްޝޮޕެއް އިމާރާތްކޮށް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 މާރިޗް 2019 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 20 މާރިޗް 2019 ވަނަ ދުވަހުގެ 14:00 އަށް އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
03 ރަޖަބް 1440
10 މާރިޗް 2019