ދިވެހިރާއްޖެ
އިޢުލާން
ދަރުމަވަންތަ ބިލްޑިންގ ގެ ގްރައުންޑް އަދި މެޒަރިން ފްލޯގައި ކެފެޓީރިއާއެއް ހިންގާނެފަރާތެއް ހޯދުމަށް 12 ފެބްރުއަރީ 2019ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2019/01 އިޢުލާނުގެ މައުލޫމާތު ބަދަލުވުމާއި ގުޅިގެން އެއިޢުލާނު ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލުން
މިބީލަމުގައި ބައިވެރިވުމަށް ކުރިން ޝައުގުވެރިވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް ބީލަން ފޮތްދޫކުރުމާއި އަދި މިބީލަމުގައި އަލަށް ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް، ބީލަމާއި ގުޅޭ މައުލޫމާތު ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ މިހޮސްޕިޓަލުގެ ފައިނޭންސް ޑިޕާރޓްމަންޓުންނެވެ. ބީލަންފޮތް ދޫކުރަން ހަމަޖެހިފައިވަނީ 24 މާރިޗު 2019 އިން ފެށިގެން 28 މާރިޗު 2019ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން ފެށިގެން 13:00 އަށެވެ. ބީލަން ފޮތުގެ އަގަކީ 1000/-ރުފިޔާއެވެ.
ބީލަމާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 01 އޭޕްރިލް 2019 ވާ އާދީއްތަ ދުވަހު 13:00 ގައެވެ. ބީލަމާއިގުޅޭ މައުލޫމާތު ފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް މިބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނޯންނާއެވެ.
ޕްރޮޕޯސަލްތައް ބަލައިގަތުން ހަމަޖެހިފައިވަނީ 14 އޭޕްރިލް 2019 ވާ އާދީއްތަ ދުވަހުގެ 13:00ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމަންޓުގައެވެ. ޕްރޮޕޯސަލްތައް ހުޅުވަން ހަމަޖެހިފައިވަނީ ހުރިހާ ފަރާތެއްގެ ހާޟިރުގައެވެ.
10 ރަޖަބް 1440
17 މާރިޗު 2019