ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2019/16 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-010-19) PSM-GA /2019/73 |
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުނީގެ ވަޒިފާތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ތިބުމަށް 03 ކޮޓަރީގެ އެޕާޓްމަންޓެއް 02 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު އިޢުލާން ((IUL) PSM-FP/ PSM/2019/10) އާއި ގުޅިގެން އެކަށީގެންވާވަރުގެ ތަރުޙީބެއް ލިބިފައި ނުވަތީ އެ އިޢުލާން ބާތިލްކޮށް އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ.
ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް 03 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ދިނުމަށް ޝައުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 26 މާރޗް 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 މާރޗް 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.
14 ރަޖަބް 1440
21 މާރޗް 2019