އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ލިބިފައިވާ ޢިމާރާތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

c

 

 

 

އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓު

           އއ.ރަސްދޫ،

            ދިވެހިރާއްޖެ.

 

 

ނަންބަރު:U2MC-A/2019/01 

އިޢުލާން

 

އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ލިބިފައިވާ ޢިމާރާތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 01 އޭޕްރީލް 2019 ވަނަ ދުވަހު 13:00 ގައި އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓް އަދި އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ބޭނުންވާ ލިޔުންތައް މައުލޫމާތުދޭ ޝެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެއެވެ.

 

އަދި، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 08 އޭޕްރީލް 2019

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: އއ ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓު ނުވަތަ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓް

 

 

19 ރަޖަބު 1440

26 މާރިޗު 2019

 

 

 

 

 

 

 

                                                ޢަބްދުﷲ ޝާކިރު

                                                ކޯޓް އެޑްމިނިސްޓްރޭޓަރ

26 މާރިޗު 2019
ހޯދާ