ދިވެހިރާއްޖެ
ނަންބަރު:IUL)297/INDIV/2019/18)
އިޢުލާން
ބިން ކުއްޔަށް ދޫކުރުމާއި ބެހޭ
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ހުއްދަ ލިބިފައިވާ ބިންތަކުގެ ތެރެއިން ނ. ވެލިދޫ އުތުރުކޮޅު ސަރަހައްދުން 1200 އަކަފޫޓުގެ 8 ބިން 10 އަހަރުގެ މުއްދަތަށް އަދި ނ. ވެލިދޫ ލޯކަލް ބީޗް ސަރަހައްދުން 1477.73 އަކަފޫޓުގެ 1 ބިމާއި 1483.89 އަކަފޫޓުގެ 1 ބިން 15 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިބިންތައް ބިޑް އުސޫލުން ކުއްޔަށް ހިފުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން 8 އޭޕްރީލް 2019 ވާ ހޯމަދުވަހުގެ 10:30އަށް އެކަމަށް އެދި ހުށަހެޅުއްވުން އެދެމެވެ. ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ.
ކުއްޔަށް ދޫކުރާ ބިންތަކާބެހޭ މަޢުލޫމާތު
- 1. ނ. ވެލިދޫގެ އުތުރު ފަރާތުން ގުދަން/ގަރާޖް އެޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 1200 އަކަފޫޓުގެ 8 ބިން
- މުއްދަތު: 10 އަހަރު
- ކުލި: ފެށޭއަގު މަހަކު އަކަފޫޓަކަށް -/50 ފަންސާސްލާރިން ފެށިގެން އެދޭ ކުއްޔަށް
- ކުލި ނުހިނގާ މުއްދަތު: 2 މަސް
- 2. ވެލިދޫ ލޯކަލްބީޗް ސަރަޙައްދުން އާންމު ވިޔަފާރި / ފިހާރަ ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 1477.73 އަކަފޫޓުގެ 1 ބިން
- މުއްދަތު: 15 އަހަރު
- ކުލި: ފެށޭއަގު މަހަކު އަކަފޫޓަކަށް -/50 ފަންސާސްލާރިން ފެށިގެން އެދޭ ކުއްޔަށް
- ކުލި ނުހިނގާ މުއްދަތު: 3 މަސް
- 3. ވެލިދޫ ލޯކަލްބީޗް ސަރަޙައްދުން އާންމު ވިޔަފާރި / ފިހާރަ ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 1483.89 އަކަފޫޓުގެ 1 ބިން
- މުއްދަތު: 15 އަހަރު
- ކުލި: ފެށޭއަގު މަހަކު އަކަފޫޓަކަށް -/50 ފަންސާސްލާރިން ފެށިގެން އެދޭ ކުއްޔަށް
- ކުލި ނުހިނގާ މުއްދަތު: 3 މަސް
- o ހުށަހަޅުއްވާއިރު ބޭނުންވާ ބިމުގެ ނަންބަރު ލިޔުމުގައި ބަޔާންކުރަންވާނެއެވެ.
- o އެއްބިމަކަށް ހުށަހަޅާ ކުލި އެއްވަރުކޮށް އެއްފަރާތަށްވުރެ ގިނަ ފަރާތުން ހުށަހަޅައިފިނަމަ އެބިމެއް ދޫކުރާނެ ފަރާތެއް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
- o ކެފޭ އަދި ފިހާރަ ހަދަންވާނީ އެފަދަ ތަންތަން ހެދުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެމަތިންނެވެ.
- o ގުދަން ހަދަންވާނީ އެތަނުގައި ކުރާ ބޭނުމެއްގެ ސަބަބުން އެހެން ފަރާތްތަކަށް އުނދަގޫ ނުފޯރާނެ މިންގަނޑަކަށެވެ.
- o ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެމަތީ ކުލި ހުށަހަޅާ ފަރާތްތަކަށެވެ.
28 މާރޗް 2019