ދިވެހިރާއްޖެ
މި ރަށުގައި އަލަށް މަގުބައްތި ޖެހުމަށްހުރި ސަރަހައްދުތަކުގައި ހުރި ހޮޅިދަނޑި ޖެހުމަށާއި، މިހާރު ޖަހާފައިވާ ހޮޅިދަނޑިތަށް މަރާމަތުކުރުމަށް 6mm ގެ 1000 މީޓަރ (2core) ކޭބަލް ގަތުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މާކްސްދޭނެގޮތް.
އަގަށް |
80% |
(އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް) |
ޑެލިވަރީ މުއްދަތު |
10% |
(އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް) |
ތަޖުރިބާ |
10% |
(ދައުލަތުގެ މުއައްސަސާތަކަށް މިފަދަތަކެތި އެންމެ ގިނައިން ސަޕްލައިކޮށްދީފައިވާ ފަރާތްތަކަށް އެންމެގިނަ ޕޮއިންޓްދޭގޮތަށް) |
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްކުން ސަމާލުކަންދޭންވީ ކަންތައްތައް.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ޖީ.އެސް.ޓީ އަށްވާ ޢަދަދު ވަކިން އެގޭނެހެން ހުށަހެޅުއްވުން.
- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި.
- އަންދާސީހިސާބު
- ހުށަހަޅާ ފަރާތުގެ ޕްރޮފައިލް އަދި ސެޓްފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.
- ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.
- މާލީ ގާބިލްކަން އަންގައިދޭ ލިއުން: ( ބޭންކް ކްރެޑިޓްސިޓީ ، ނުވަތަ ފާއިތުވި 03 މަހުގެ ބޭންކް ސްޓޭޓްމަންޓް، ނުވަތަ ވިޔަފާރީގެ އެންމެ ފަހުގެ އޮޑިޓް ރިޕޯރޓް
- ޓެކްސް ކްލިއަރެންސް ރިޕޯރޓް.
- ޕްރޮފައިލް: ޕްރޮފައިލްގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
(ހ) ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން:
(ށ) ފުރިހަމަ އެޑްރެސް:
(ނ) ފޯން ނަންބަރ:
(ރ) އީމެއިލް އެޑްރެސް:
(ބ) މެނޭޖަރުން ފެށިގެން މަތީ ފަރާތްތަކުގެ ނަމާއި މަޤާމު
(ޅ) ރަޖިސްޓްރީ ނަންބަރ
(ކ) ކުރަމުންދާ ވިޔަފާރީގެ ޚުލާސާ :
(އ) ފަންނީގޮތުން ކުރިއަރާފައިވާ މިންވަރު:
(ވ) ކުރަމުންދާ މައިގަނޑު މަސައްކަތާއި ، ދާއިރާއިން ލިބިފައިވާ ތަޖްރިބާ
(މ) ކުރަމުންދާ ވިޔަފާރި ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާނަމަ ޖީއެސްޓީ ރަޖިސްޓްރީ ނަންބަރ
- އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ އެލިއުމެއް ހުށަހަޅުއްވަން ވާނެއެވެ.
އަންދާސީހިސާބު ބަލައިގަތުން.
- 24 އެޕްރީލް 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މިކައުންސިލް އިދާރާ އަށް އަންދާސީ ހިސާބު ހުށަހަޅަންވާނެއެވެ. ހުށަހަޅާ އަންދާސީ ހިސާބުގެ ތެރޭގައި ޖީއެސްޓީ އަށް ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރ އާއި ހުށަހަޅާފަރާތުގެ ނަން އަދި " ތަކެތި ވިއްކުމަށް އެދި " ލިޔެ ތިރީގައި މިވާގޮތަށް އެޑްރެސް ފުރިހަމަކޮށްފައެވެ.
" ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ"
ފުވައްމުލައް.
ދިވެހިރާއްޖެ.
ނޯޓް:
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6865001 ނަންބަރ ފޯނާއެވެ.