ދިވެހިރާއްޖެ
އިޢުލާން
މިކުންފުނީގެ ފަރާތުން ހިންގަމުން ގެންދާ އދ.ބޮޑުފޮޅުދޫ އިންޖީނުގޭގައި ހުރި ހަލާކުވެ ބޭނުން ނުކުރެވޭ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.
-
- ކޭބަލްބުރިތަކެއް (ހަލާކުވެފައި)
- ޑިސްޓްރިބިއުޝަން ފޮށިިތަކެއް (ހަލާކުވެފައި)
- 02 ކަޅުހަން (2500 ލިޓަރުގެ) (ހަލާކުވެފައި)
- 01 ކަޅުހަން (5000 ލިޓަރުގެ) (ހަލާކުވެފައި)
- ބާ ސާމާނުތަކެއް (ހަލާކުވެފައި)
މި ތަކެތީގެ ނީލަން ފެށޭ އަގަކީ 5,000.00 (ފަސްހާސް) ރުފިޔާ އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 500.00 (ފަސް ސަތޭކަ) ރުފިޔާ އެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2019 އެޕްރީލް 18 ވާ ބުރާސްފަތި ދުވަހުގެ 11:00 އާއި 12:00 އާ ދެމެދު އދ.ބޮޑުފޮޅުދޫ އިންޖީނުގެއަށް ވަޑައިގެން މި ތަކެތި ބެއްލެވުމަށް ފަހު، ހުށަހަޅުއްވާ އެންމެ މަތީއަގު އަދި އައި.ޑީ.ކާޑު ގެ ފޮޓޯކޮޕީއަކާ އެކު ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށް ފަހުު 2019 އެޕްރީލް 21 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 07 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.
މި ތަކެތި ބައްލަވައިލައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު:,7856361 7793503 ފޯނާ ގުޅުވުން އެދެމެވެ.