ދިވެހިރާއްޖެ
ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ހޯލް މަރާމާތުކޮށް، ގަރާޖަކާއި މީޓިންގ ރޫމެއް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 23 އޭޕްރީލް 2019 އިން ފެށިގެން 30 އޭޕްރީލް 2019 (އަންގާރަ) ދުވަހުގެ 14:00 ގެ ކުރިން ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ނަންނޯޓް ކުރައްވާ ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން - 07 މެއި 2019 ވާ (އަންގާރަ) ދުވަހުގެ 10:00 ގައި
ބީލަން ހުޅުވުން - 16 މެއި 2019 ވާ (ބުރާސްފަތި) ދުވަހުގެ 10:00 ގައި
މަޢުލޫމާތު ދިނުމާއި ބީލަން ހުޅުވުން އޮންނާނީ ކީރިތި ޤްރުޢާނާއި ބެހޭ މަރުކަޒުގައެވެ. މި ބީލަމުގެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވޭނީ ބީލަމުގައި ރަޖިސްޓަރީ ވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ވެފައިވާ އަދި ޤާނޫނު ނަމްބަރ 18/2014 ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ.
. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ/ހދ ކުޅުދުއްފުށި
. ފޯން: 6521174