ދިވެހިރާއްޖެ
އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ކަރަޤްޕޫރްގެ - 2019- ސްކޮލަރޝިޕްތަކަށް ސާކް ޤައުމުތަކުގެ ދަރިވަރުންނަށް ފުރުޟަތު ހުޅުވާލުމާ ގުޅޭ. |
އިންޑިއާގެ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ކަރަޤްޕޫރް 2019 ގައި ފެށޭ ދިގުމުއްދަތުގެ ޕްރޮގްރާމްތަކަށް ސާކު ޤައުމުތަކުގެ ދަރިވަރުން ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަން އެ އިންސްޓިޓިއުޓް އިން ވަނީ އަންގާފައެވެ.
މި އިންސްޓިޓިއުޓްގެ ކޯސްތަކަށް ހޮވޭ ސަކު ޤައުމުތަކުގެ ދަރިވަރުންގެ ކޯސް ފީ، ޓިކެޓް އަދި ލިވިންގ އެލަވަންސްގެ ދިނުމަށް ހަމަޖެހިފައިވަނީ މި އިންސްޓިޓިއުޓްގެ ފަރާތުންނެވެ. އޮންލައިން އެޕްލިކޭޝަން ހުށަހެޅުމާއި، ކޯސްތަކާއި ގުޅޭ އެހެނިހެން ތަފްސީލް http://www.iitkgp.ac.in ވެބްސައިޓުން ލިބޭނެ ކަމުގައިވެސް ދެންނެވީމެވެ. އަދި މި ކޯހާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންވެސް ލިބެން ހުންނާނެއެވެ.
* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. |