ދިވެހިރާއްޖެ
އަލް-އަޒްހަރު ސްކޮލަރޝިޕް 2019/2020 |
|||
އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ދާއިރާ |
ކޯހުގެ ދާއިރާ: |
ޖުމްލަ 22 ފުރުޞަތު. - 10 ޝަރީއާ ދާއިރާ - 12 އެހެނިހެން ދާއިރާ (ވެބްސައިޓްގައި އަޕްްލޯޑްކޮށްފައިވާ ކޯސްތަކަށް)
|
ކޯހުގެ ޢަދަދު އަދި ދާއިރާ: |
މިސްރު |
ޤައުމު: |
ބެޗެލަރސް ޑިގްރީ |
ކޯހުގެ ލެވެލް: |
ބެޗްލަރސް ޑިގްރީގެ ޝަރުތު: 1. ޝަހާދާ ޘާނަވިއްޔާއިން ފާސްވެފައިވުން. 2. ދިރާސާތުލް އިސްލާމިއްޔާ ކޯހަށް ހުށަހަޅުއްވާ ބޭފުޅުން ޝަހާދާ ޘާނަވިއްޔާއިން %65 އަށް ވުރެ މަތިން ފާސްވެފައިވުން.
އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން. ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު 2. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން. 3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ އެންމެމަތީ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން. |
ކޯހުގެ ޝަރުތު: |
||
- ހުށަހަޅުއްވަން ޖެހޭތަކެތި. - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.(ޝަހާދާ ސާނަވިއްޔާ ސެޓްފިކެޓް) - ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ. (ޝަހާދާ ސާނަވިއްޔާ ސެޓްފިކެޓުގެ ޓްރާންސްކްރިޕްޓް) - އިނގިރޭސިބަހުގެ ތަރުޖަމާ ހިމެނޭ ސިޓީ/ރަށު ކައުންސިލް އިން ދޫކޮށްފައިވާ އުފަންދުވަހުގެ ސެޓްފިކެޓް ކޮޕީ. - ޕާސްޕޯޓް ޑޭޓަރ ޕޭޖް ކޮޕީ. - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - އެޗް.އައި.ވީ/އެއިޑްސް އާއި ހެޕަޓައިޓްސްއާއި ޓީ.ބީ ޓެސްޓް ހިމެނޭ ގޮތަށް ހަދާ ފައިވާ މެޑިކަލް ރިޕޯޓް ކޮޕީ. - ގުޑް ކޮންޑަކްޓް ސެޓްފިކެޓް (އެންމެފަހުން އުޅުއްވި ސްކޫލަކުން) - 6 ޕާސްޕޯޓް ސައިޒް ފޮޓޯ. (ފޮޓޯގެ ނުފުށުގައި ދަރިވަރުގެ ނަމާއި، ޤައުމުގެ ނަން ޖަހަންވާނެއެވެ.) - ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން. - ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. - އެމް.ބީ.ބީ.އެސްއަށް އެޕްލިކޭޝަން ހުށަހަޅުއްވާ ދަރިވަރުންގެ ޝަރުތުހަމަވާކަމަށް "މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް" އިން ދީފައިވާ ލިޔުން. - އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކުރުމަށްޓަކައި އެއާއި ގުޅޭ ލިޔުން. |
ހުށަހަޅަންޖެހޭ ތަކެތި: |
||
|
އިތުރު މަޢުލޫމާތު |
||
އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2019 ޖޫން 3 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުއްވާނީ: https://myedu.egov.mv/ ޕޯޓަލް މެދުވެރިކޮށެވެ. |
|||
އިތުރު މަޢުލޫމާތު www.mohe.gov.mv އިންނާއި 3341383 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. |