ދިވެހިރާއްޖެ
ނަންބަރު 137 –IU/PR/2019/ 13
އިޢުލާން
ދަރުމަވަންތަ ބިލްޑިންގ ގެ ގްރައުންޑް އަދި މެޒަރިން ފްލޯގައި ކެފެޓީރިއާއެއް ހިންގާނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިހޮސްޕިޓަލުގެ ފައިނޭންސް ޑިޕާރޓްމަންޓަށް ވަޑައިގެން ބީލަމާއި ގުޅޭ މައުލޫމާތު ފޮތް ބައްލަވައިގަތުން އެދެމެވެ. ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 23 މެއި 2019 އިން ފެށިގެން 30 މެއި 2019 ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން ފެށިގެން 12:00 އަށެވެ. ބީލަން ފޮތުގެ އަގަކީ 1000/-ރުފިޔާއެވެ.
ބީލަމާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 02 ޖޫން 2019 ވާ އާދީއްތަ ދުވަހު 13:00 ގައެވެ. އަދި ޕްރޮޕޯސަލްތައް ބަލައިގަތުން ހަމަޖެހިފައިވަނީ 23 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 13:00ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމަންޓުގައެވެ. ޕްރޮޕޯސަލްތައް ހުޅުވަން ހަމަޖެހިފައިވަނީ ހުރިހާ ފަރާތެއްގެ ހާޟިރުގައެވެ.
13 ރަމަޟާން 1440
18 މެއި 2019