ދިވެހިރާއްޖެ
ކުޅުދުއްފުށީ ކައުންސިލްގެ (IUL)266/266/2019/27 ( 22 އޭޕްރީލް 2019 ) އާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން އިޢުލާން ކުރީމެވެ.
ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ހޯލް މަރާމާތުކޮށް، ގަރާޖަކާއި މީޓިންގ ރޫމެއް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 19 މެއި 2019 އިން ފެށިގެން 23 މެއި 2019 ( ބުރާސްފަތި ) ދުވަހުގެ 13:00 ގެ ކުރިން ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ނަންނޯޓް ކުރައްވާ ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.
Û މަޢުލޫމާތު ދިނުން - 26 މެއި 2019 ވާ ( އާދީއްތަ ) ދުވަހުގެ 10:00 ގައި
Û ބީލަން ހުޅުވުން - 30 މެއި 2019 ވާ ( ބުރާސްފަތި ) ދުވަހުގެ 10:00 ގައި
މަޢުލޫމާތު ދިނުމާއި ބީލަން ހުޅުވުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގައެވެ. މި ބީލަމުގެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވޭނީ ބީލަމުގައި ރަޖިސްޓަރީ ވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ވެފައިވާ އަދި ޤާނޫނު ނަމްބަރ 18/2014 ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ.
. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ / ހދ ކުޅުދުއްފުށި
. ފޯން: 6527187