ދިވެހިރާއްޖެ
Self-Finance Scheme for Foreign Students / India |
އިންޑިޔާގައި އިންސްޓިޓިއުޓްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ އެމްބީބީއެސް/ ބީޑީއެސް، ބެޗްލަރ އޮފް އިންޖިނިއަރިންގ، ބެޗްލަރ އޮފް ފާމަސީ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އިންޑިޔާގެ ސަރުކާރުން ވަނީ އަންގަވާފައިވެއެވެ. މިކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.
ވީމާ، މިކޯސްތަކުގައި އަމިއްލަގޮތުން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރައްވައި، އެޕްލިކޭޝަންއާއި އެއާގުޅޭ އެހެނިހެން ލިޔުންތައް ސިޓީއުރައެއްގައި ބަންދުކޮށް، 30 މެއި 2019 ގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް ހުށައެޅުއްވުން އެދެމެވެ.
* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. |