ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގައި ހުރި ގިނަ ދުވަސް ވެ ބައުވެފައިވާ ބައެއް ހަރުމުދާ ނީލަމުގައި ވިއްކާލުން
މި މިނސްޓްރީގައި ހުރި ބައުވެފައިވާ ހަރުމުދާ، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުސޫލުގެ ދަށުން ވިއްކާލުމަށް ހުޅުވާލުމެވެ.
ވިއްކާ ތަކެތީގެ ތަފްސީލާއި ނީލަންފެށޭ އަގު މި އިއުލާނާއިއެކު އެޓޭޗްކޮށްފައިވާ ލިސްޓގައި ވާނެއެވެ.
ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ އަމިއްލަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވާނެއެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ނީލަން އުސުލުންނެވެ.
ނީލަން ކިޔުން އޮންނާނީ 10 ޖޫން 2019 ވާ ހޯމަ ދުވަހު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް (ގްރީން ބިލްޑިންގ) ގެ ފުރަތަމަ ފަނގިފިލާ ގައެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ޓެލްފޯން ނަންބަރު 3018338 އަށް ގުޅުންވުން އެދެމެވެ.