ދިވެހިރާއްޖެ
އިޢުލާން
އިޢުލާން: މި މިނިސްޓްރީއަށް ކޮންސަލްޓެންޓެއްގެ މަޤާމުގައި މަސައްކަތްކުރެއްވުމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ބޭނުންވެއްޖެއެވެ.
މަޤާމު: ކޮންސަލްޓެންޓް
ބޭނުންވާ އަދަދު: 1
މަޤާމުގެ ގިންތި: ކޮންޓްރެކްޓް
ސެކްޝަން: ސްޕޯޓްސް ޑިޕާޓްމެންޓް، ޕްރޮޖެކްޓް ޑިޕާޓްމެންޓް
މުސާރަ: މަހަކު: 25,000 ރުފިޔާ
މަސައްކަތުގެ މުއްދަތު: 1 އަހަރު (މީލާދީ)
މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު މަދުވެގެން 8 ގަޑިއިރު (މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރިނަމަވެސް އިތުރުގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.)
ވަޒީފާ އަދާކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް
ޝަރުތު
- 1. ކުޅިވަރު އަދި ފުޓްބޯޅަ/ ފުޓްސަލް ސާރފޭސް އާއި ގުޅޭ ބައިނަލްއަޤްވާމީ ތަމްރީން ލިބިފައިވުމާއެކު، މި ދާއިރާގައި 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު ކުޅިވަރު ކުޅުމާއި/ ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށް އިންޓަރނޭޝަނަލް ތަޖުރިބާ ލިބިފައިވުން.
ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ
- ސަރުކާރުގެ ކުޅިވަރު އިންފްރާސްޓްރަކްޗަރ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ބޭނުންވާ ލަފަޔާއި އިރުޝާދުދީ އެ ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުން.
- ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ގާއިމްކުރުމާއި ގުޅޭ ގޮތުން މިނިސްޓަރ ބޭނުންފުޅުވެއްޖެ ހިނދެއްގައި އެބޭނުންފުޅުވާ ކަމަކާއި ގުޅޭ ގޮތުން ޓެކްނިކަލް ލަފާޔާއި އިރުޝާދު ދިނުން.
- ކުޅިވަރު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް (ފަރުމާ) ޕްލޭން ކުރުމުގައި އެހީތެރިވުން.
- ކުޅިވަރު އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގައި އިންޓަނޭޝަނަލް މިންގަޑުތަކަށް ފެތޭގޮތައް ރާއްޖެއަށް ހާއްސަކޮށް ( ޖަޒީރާވަންތަ) ފަރުމާކުރުމަށް ރިސާޗުތައް ހެދުން.
- އިންޓަނޭޝަނަލް މިންގަޑުތަކައް ފެތޭގޮތަށް ކުޅިވަރު އިންފްރާސްޓްރަކްޗަރ ފަރުމާކުރުމަށް ރިސާޗު ހެދުން.
- ބޭރުގެ ފަރާތްތަކާއި / ގައުމީއެސޯސިއޭޝަން/ޖަމާއަތް ގުޅިގެން ކުޅިވަރު އިންފްރާސްޓްރަކްޗާރ ގާއިމްކުރުމާއި ފެންވަރު ރަނގަޅު ކުރުމުގައި އެހީތެރިވުން.
- ދެމެހެއްޓެނިވިގޮތައް ކުޅިވަރުގެ އިންފްރާސްޓްރަކްޗަރތައް ފަރުމާ ކުރުމަށް އަދި ބިޒްނަސް މޮޑެލް އާއި އެއްގޮތައް ޤާއިމްކޮށް ތަރައްޤީކޮށް ހިންގޭ އުސޫލެއް ކަނޑައެޅުމުގެ މަސައްކަތްކުރުން.
- ފުޓްބޯޅަ ޕްރޮޖެކްޓްތައް ޤާއިމް ކުރެވޭ ތަންތަނުގައި ޓާފް މެއިންޓެއިން ކުރުމަށް ސެމިނަރ ބޭއްވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ
- ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ޝަރުޢީ ކޯޓެއްގައި އެއްވެސް މައްސަލައެއް ހިނގަމުންދާނަމަ އެކަން ނުވަތަ ނެތް ކަން އަންގައިދިނުމުގެ ގޮތުން ވަޒީފާއަށްއެދި ހުށަހަޅާ ފަރާތުން ހުށަހަޅުއްވާ ސިޓީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ/ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި،
ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި
ޓްރާންސްކްރިޕްޓުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- ބައިނަލްއަގްވާމީ ދަނޑު އެޅުމުގެ ސެމިނަރ ވަރކްޝޮޕް ފަދަ ތަމްރީނު ތަކުގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވުން.
- ބައިނަލްއަގްވާމީ (ފީފާ މިންގަނޑުތަކަށް) ޓާރފް އެޅުމުގައި އަމަލީ ގޮތުން ތަޖުރިބާ ލިބިފައިވުން.
- ކުޅިވަރު އިވެންޓްތައް (ބައިނަލްއަގްވާމީ އަދި ލޯކަލް) މެނޭޖްކުރުމުގައި ބައިނަލްއަގްވާމީ އަދި ލޯކަލް ތަޖުރިބާ ލިބިފައިވުން.
- ކުޅިވަރު ފެސިލިޓީސް ބިނާ ކުރުމުގައި އަމަލީ ތަޖުރިބާ ލިބިފައިވުން.
- ފުޓުބޯޅަ/ ފުޓްސަލް ދަނޑުތައް ބެލެހެއްޓުމަށް ހިންގަންޖެހޭ ސެމިނަރ އަދި ޓްރޭނިންގ ހިންގޭނެފަދަ ޤާބިލް ފަރާތަކަށްވުން.
- ގައުމީ ފެންވަރުގައި ކުޅިވަރު ކުޅުމާއި ހިންގުމުގެ ދާއިރާގެ ތަޖުރިބާ ލިބިފައިވުން.
- އިނގިރޭސި އަދި ދިވެހި ބަހަށް ފަރިތަވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.
- ކަންތައްތައް ޙައްލުކުރުމުގައި ބަސްމޮށުންތެރިކަމުގެ ހުނަރު ހުރުން.
- ރާއްޖޭގެ ތަފާތު ކަންކޮޅުތަކަށް ދަތުރު ކުރެވޭނެ ފަރާތެއް ކަމުގައިވުން.
ކޮންސަލްޓެންޓް ޢައްޔަން ކުރުމުގައި މާރކްސް ދޭނެ ކްރައިޓީރިއަރ.
ތަޢުލީމާއި/ ތަމްރީން %30
މަސައްކަތުގެ ތަޖްރިބާ %40
އިންޓަރވިއު %30
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ވަޒީފާއަށް އެދި ހުށަހަޅުއްވާ ފޯރމް، ސިޓީ އަދި ލިޔުންތައް ހުށަހަޅާނީ 11 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 12.00 ގެ ކުރިން، މި މިނިސްޓްރީގެ(މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، ވެލާނާ ބިލްޑިން 3 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ.
މި މުއްދަތުގެފަހުން މި އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާ އެއްވެސް ލިޔުމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިންޓަރވިއުއަށް ދެންނެވުން.
ވަޒީފާއަށް އެދި ގިނަފަރާތް ތަކަކުން ހުށަހަޅައިފިނަމަ ޝޯރޓްލިސްޓްކޮށް، ގިނަވެގެން 7 ދުވަހުގެ ތެރޭގައި އިންޓަރވިއުއަށް ދެންނެވޭނެއެވެ. އިންޓަރވިއުއަށް ދަންނަވައި އޮންނަ ދުވަހަށް އިންޓަރވިއުއަށް ހާޟިރުނުވެއްޖެނަމަ ފަހުން އިންޓަރވިއުއެއް ނުދެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން:
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށްގުޅުއްވާނީ 3347329 ނަންބަރު ފޯނަށެވެ.
29 ރަމަޟާން 1440