ދިވެހިރާއްޖެ
ހައްދުންމަތީ މުންޑޫ ކައުންސިލްގެ 2019 ވަނަ އަހަރުގެ 13 ވަނަ ޖަލްސާއިން، މުންޑޫ އިން ދަނޑުބިންދޫކުރުމުގެ އުޞޫލު ފާސްކޮށް މުންޑޫއިން ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމަށްވަނީ ފާސްކޮށްފައެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް 30 ޖޫން 2019 ވާ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިކަމަށް އެދޭ ފޯމު މިއިދާރާއިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.
ދޫކުރަން ހަމަޖެހިފައިވާ ބިމުގެ މަޢްލޫމާތު
- ބިމުގެ ބޮޑުމިން: 4000 އަކަފޫޓް
- ބިންދޫކުރާ ސަރަހައްދު: އުރީދޫ ޓަވަރުން ފެށިގެން ދެކުނަށް އޮތްބިން
- ބިންދޫކުރާ އަދަދު: 10
- ބިންދޫކުރާނީ އެންމެ މަތިން ޕޮއިންޓްލިބޭ 10 ފަރާތުގެ މެދުގައި ގުރުއަތު ލައިގެންނެވެ. 10ވަނައަށް އެންމެ މަދުން ޕޮއިންޓް ލިބޭ ފަރާތާއި އެއްވަރަށް އެހެންފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ޕޮއިންޓް ލިބިފައިވާނަމަ އެފަރާތްތަކުގެތެރެއިން ބިން ލިބޭ ފަރާތެއް ކަނޑައަޅާނީވެސް ގުރުއަތުންނެވެ.
ހައްދުންމަތީ މުންޑޫއިން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް ޕޮއިންޓްދެވޭނެ އުސޫލު |
|
މުންޑޫގައި ދިރިއުޅޭނަމަ |
20 ޕޮއިންޓް |
އުމުރުން 65 އަހަރު ނުފުރޭނަމަ ޢުމުރުން 65 އަހަރު ފުރިފައިވާނަމަ |
10 ޕޮއިންޓް 5 ޕޮއިންޓް |
ވަޒީފާއެއް އަދާ ނުކުރާނަމަ ވަޒީފާއެއް އަދާކުރާނަމަ |
10 ޕޮއިންޓް 5 ޕޮއިންޓް |
ދައުލަތުން އެއްވެސް އިނާޔަތެއް ލިބޭ މީހަކު ކަމުގައި ނުވާނަމަ |
10 ޕޮއިންޓް |
އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ކުރާ މީހަކު ކަމުގައި ނުވާނަމަ |
10 ޕޮއިންޓް |
ބަލަން ޖެހިފައިވާ މީހުންގެ އަދަދު ކޮންމެ މީހަކަށް ( މިބަޔަށް ގިނަވެގެން ދެވޭނީ 20 ޕޮއިންޓް) |
05 ޕޮއިންޓް |
އަނބިމީހާ ނުވަތަ ފިރިމީހާއަށް ދަނޑެއް ލިބިފައިނުވާނަމަ |
10 ޕޮއިންޓް |
އިނދެ ވަރިކޮށްފައިވާނަމަ ނުވަތަ އަނބި/ފިރި މަރުވެފައިވާނަމަ |
10 ޕޮއިންޓް |
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
06 ޝައްވާލް 1440
09 ޖޫން 2019
އިބްރާހީމް ނަޢީމް
ކައުންސިލްގެ ރައީސް